Skip to main content

އަޅުގަނޑަކީ


އަޅުގަނޑަކީ، ށ. ކަނޑިތީމު އިރަމާގެ އަށް އުފަން މުހައްމަދު ތައުފީޤެވެ. އަޅުގަނޑު އިބްތިދާޢީ ތަޢުލީމުން ފެށިގެން ސާނަވީގެ ނިޔަލަށް ތަޢުލީމު ޙާޞިލްކުރީ ށ. އަތޮޅު މަދަރުސާއިންނެވެ. މަތީ ސާނަވީ ފުރިހަމަކުރީ ޖަލާލުއްދީން ސްކޫލުންނެވެ. އެއަށްފަހު، 2009 ވަނަ އަހަރު މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ ފެކަލްޓީ އޮފް އެޑިޔުކޭޝަނުގައި ހިންގި ދިވެހިބަސް ކިޔަވައިދިނުމުގެ ޑިޕްލޮމާ ކޯސް ފުރިހަމަކޮށް ސަނަދު ޙާޞިލްކޮށްފައި ވާނެއެވެ. މިހާރު އަޅުގަނޑަކީ، ށ. އަތޮޅު މަދަރުސާގެ ދިވެހި ޓީޗަރގެ މަޤާމު އަދާކުރަމުންދާ މީހަކީމެވެ.

Print Friendly and PDF

Comments

Popular posts from this blog

ދޭހަ

ދޭހައިގެ ގޮތުގައި ކިޔުމުގެ ދޭހައާއި އަޑުއެހުމުގެ ދޭހައިގެ ހަރަކާތްތައް ކުރިޔަށް ގެންގޮސް ދަރިވަރުންގެ ދޭހަވުން ރަނގަޅުކުރުމަށް އެހީވާނެއެވެ. 

ގުޅުވާއަކުރު

ގުޅުވާއަކުރު މިއީ ގުރޭޑް 5 ގެ ދަރިވަރުންނަށް ބަހުގެ ޤާވާއިދަށް އަހުލުވެރި ކުރުމުގެ ގޮތުން ގެންދެވިދާނެ ގުޅުވާއަކުރުގެ ފިލާވަޅެކެވެ.  މަސައްކަތް ކުރުމަށް ހޭދަވާނެކަމަށް ލަފާކުރެވެނީ 15 މިނެޓެވެ. ގުޅުވާއަކުރުގެ މަޢުލޫމާތު ކަރުދާސް ތިރީގައިވާ ލިންކު އިން ލިބޭނެއެވެ.  މަޢުލޫމާތު ކަރުދާސް ތިރީގައިވާ ހުސްތަންތަނަށް އެންމެ އެކަށީގެންވާ ގުޅުވާއަކުރު ބޭނުންކޮށްގެން ފުރިހަމަ ކުރާށެވެ.  އަތިރިއަށް ދިޔުމަކީ އަހަރެންވަރަށް ކުރާހިތްވާ ކަމެކެވެ.  --------------------  އެތަނުން ވަރަށް ބައިވަރު އެކިކުލަކުލައިގެ ބޮލި ހޮވަން ލިބޭތީއެވެ.  --------------- ބޮލިތައް ގެނެސް ބަހައްޓަނީ ބިއްލޫރި ފުޅިއަކަށް އަޅާފައި އައިސްއަލާރި މަތީގައެވެ.  -----------------  އަޅުގަނޑު ދަނީ ބައްޕައާއި އެކުއެވެ.  ----------------  ބައެއް ދުވަސްދުވަހު މަންމަވެސް ގެންދަމެވެ.  ----------------  މަންމައަށްވެސް ވަކިން ރީތި ބޮއްޏެއް ފެނިދާނެތީއެވެ. ބޮއްޔަކީ ހިލާވެސް އެއްޗެކެވެ.  ------------------  ބޮލި ހިލުން ކިޔައި އުޅެނީ މޫދުގައި ދިރިދިރި އުޅޭ ބޮލި ނެގުމަށެވެ. 

ޑައިރެކްޓް އިންސްޓްރަކްޝަން މޮޑެލް

ޑައިރެކްޓް އިންސްޓްރަކްޝަން މޮޑެލް ޑައިރެކްޓް އިންސްޓްރަކްޝަން މޮޑެލަކީ ސީދާ މުދައްރިސް މަޢުލޫމާތު ފޯރުކޮށްދީގެން އުނގަންނަނައި ދިނުމުގެ މޮޑެލެކެވެ. މީގައި ދަރިވަރުނަށް ސުވާލުކުރާށާއި ޖަވާބުދިނުމަށް ފުރުޞަތު ހުޅުވިގެން ދެއެވެ.