Skip to main content

Posts

Showing posts from April, 2019

އަޑުއެހުމުގެ ހަރަކާތް

އަޑުއެހުމުގެ ދޭހަ ދޮންބަންޑާރައިންގެ ވީޑިއޯ ބެލުމަށްފަހު ދެވިފައިވާ ސުވާލުތަކަށް ޖަވާބުދޭށެވެ.

މަޒުމޫނު ލިޔުމުގެ ސުރުހީ

ފާއިތުވެ ދިޔަ އަހަރުތަކުގައި އެސްއެސްސީ އިމްތިހާނުގައި އައިސްފައިވާ މަޒުމޫނު ލިޔުމުގެ ސުރުހީތައް

ދިވެހި ބަހުގެ ޤަވާއިދު

ދިވެހި ބަހުގެ ޤަވާއިދު ރަނގަޅު ގޮތުގައި ބަސް ބޭނުންކުރުމަށް ބަހުގެ ހަމަތައް އެނގުން ވަރަށް މުހިއްމެވެ.

ޕަޒަލް

70 ޕަޒަލް ރާވަމާ

ރައިވަރު މާނަކުރުން

ތިރީގައި އެވަނީ ރައިވަރު މާނަކުރާއިރު ދެވިދާނެ ޕަވަރޕޮއިންޓް ޕްރެސެންޓޭޝަނެކެވެ .    ރައިވަރު ޕީޕީޓީ ޑައުންލޯޑް ކުރުމަށް ރައިވަރު މާނަކުރުން   މިހަރަކާތަކީ ގުރޭޑް 10 ގެ ދަރިވަރުންނަށް ގެންދެވިދާނެ، ރައިވަރު މާނަ ކުރުމުގެ ހަރަކާތެ ކެވެ.    މިހަރަކާތް ކުރިއަށް ގެންދާނެގޮތް : ރައިވަރު މާނަ ކުރުމާއި ގުޅޭގޮތުން ދަރިވަރުންނަށް އެނގިފައިވާ މިންވަރު ބެލުމަށް ސުވާލުކުރުން ، ދަރިވަރުން އިތުރަށް ދަސްކުރަންވީ ބައިތައް ބަލައި ފިލާވަޅު ކުރިޔަށް ގެންދިޔުން ، ޕްރެސެންޓޭޝަންގައި ހިމެނޭ ރައިވަރުތައް ކުދިންނަށް ދިނުން ، ބަސް ތަރުތީބުކުރުމަށް ބުނުން (ބަސް ތަރުތީބު ކުރަމުންދާއިރު އިތުރު އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް މުދައްރިސް އެހީވުން) ޖުމުލަމާނަ ލިޔުމަށް ހަވާލުކުރުން.  ދަރިވަރުންގެ މަސައްކަތް ނިމުމުން ކުލާހަށް ހުށަހެޅުން.

ގުޅުވާއަކުރު

ގުޅުވާއަކުރު މިއީ ގުރޭޑް 5 ގެ ދަރިވަރުންނަށް ބަހުގެ ޤާވާއިދަށް އަހުލުވެރި ކުރުމުގެ ގޮތުން ގެންދެވިދާނެ ގުޅުވާއަކުރުގެ ފިލާވަޅެކެވެ.  މަސައްކަތް ކުރުމަށް ހޭދަވާނެކަމަށް ލަފާކުރެވެނީ 15 މިނެޓެވެ. ގުޅުވާއަކުރުގެ މަޢުލޫމާތު ކަރުދާސް ތިރީގައިވާ ލިންކު އިން ލިބޭނެއެވެ.  މަޢުލޫމާތު ކަރުދާސް ތިރީގައިވާ ހުސްތަންތަނަށް އެންމެ އެކަށީގެންވާ ގުޅުވާއަކުރު ބޭނުންކޮށްގެން ފުރިހަމަ ކުރާށެވެ.  އަތިރިއަށް ދިޔުމަކީ އަހަރެންވަރަށް ކުރާހިތްވާ ކަމެކެވެ.  --------------------  އެތަނުން ވަރަށް ބައިވަރު އެކިކުލަކުލައިގެ ބޮލި ހޮވަން ލިބޭތީއެވެ.  --------------- ބޮލިތައް ގެނެސް ބަހައްޓަނީ ބިއްލޫރި ފުޅިއަކަށް އަޅާފައި އައިސްއަލާރި މަތީގައެވެ.  -----------------  އަޅުގަނޑު ދަނީ ބައްޕައާއި އެކުއެވެ.  ----------------  ބައެއް ދުވަސްދުވަހު މަންމަވެސް ގެންދަމެވެ.  ----------------  މަންމައަށްވެސް ވަކިން ރީތި ބޮއްޏެއް ފެނިދާނެތީއެވެ. ބޮއްޔަކީ ހިލާވެސް އެއްޗެކެވެ.  ------------------  ބޮލި ހިލުން ކިޔައި އުޅެނީ މޫދުގައި ދިރިދިރި އުޅޭ ބޮލި ނެގުމަށެވެ. 

މަޒުމޫނުގެ އޮނިގަނޑު ތައްޔާރުކުރުން

މޮޅު މަޒުމޫނެއް ލިޔުމަށްޓަކައި މަޒުމޫނު ރާވާލަންޖެހެއެވެ. މަޒުމޫނު ރޭވުމަށްޓައި ތަފާތު ގޮތްތައް ބޭނުންކުރެވިދާނެއެވެ. އެގޮތުން މި ފަހަރު މި ހިމަނާލަނީ މަޒުމޫނެއް ކިޔުމަށްފަހު އެމަޒުމޫނުގައި ހިމެނޭ ބައިތައް ބަހައި ލާނެ ގޮތެކެވެ.  ދަރިވަރު ލިޔެފައިވާ މަޒުމޫނުން ތިރީގައިވާ ކަންތައްތައް ފާހަގަކޮށް ތާވަލުގައި ލިޔާށެވެ.   ސުރުހީ: ވަށާ ޖައްސާ ޖުމުލަ ބާރުދޭ ޖުމުލަތައް މައިގަނޑު ޖުމުލަ ޕެރަގުރާފް ތީސީސް ޖުމުލަ 1 2 3 4